ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑް މެމްބަރު އާއިޝަތު ނޫރައްދީން އެ ކުންފުނީގެ ބޯޑުން ވަކިކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް ގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އާއިޝަތު ނޫރައްދީން އެމަގާމުން ވަކިކުރީ އިއްޔެއެވެ. އޭނާ މަގާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ އަންގާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑް މެމްބަރު އާއިޝަތު ނޫރައްދީން ވަކިކުރި ނަމަވެސް ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ކަމަށް އެ ބޭންކުގެ ހިންގާ ގަވާއިދުގައި ބުނެފައިވެއެވެ.

ޕީސީބީގެ މި ނިންމުމާ ގުޅޭ ގޮތުން އެ ބޯޑު އަދި ސަރުކާރުން ވަކިއެެއްޗެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން