ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ސައީދު އައްޔަންކުރަށްވައިފި އެވެ.

ސައީދު އެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ ކުރީން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު، އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ކުންފުނީގެ މުވައްޒިފުންނަށް ފޮނުވި އިންޓާނަލް ނޯޓިސް ގައި ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑް މެންބަރު ކަމާއި މެނޭޖިން ޑިރެކްޓަރު ކަމަށް ގ. ދިލްކަޝް މުހައްމަދު ސައީދު ޕީސީބީން އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމެއް ވަރަށް ދިގު މުއްދަތަކަށް އަދާކުރެއްވި ސައީދު އެންމެ ފަހުން ހުންނެވީ ސިޓީ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން