ސަރުކާރުން ބޮޑާކަން ދޫކޮށް ގައުމު އިތުރަށް ނިކަމެތިވެ ނުދާނެ ގޮތަށް މަސައްކަތް ފަށަން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކަމަށް އިޝާރާރްކުރައްވައި ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަދި ސަރުކާރުން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ފުރިހަމަ މައުލޫމާތު ނުދޭ ކަމަށް ވެސް ނިޒާާރު ތުހުމަތު ކުރެއްވި އެވެ.

އެހެން ނަމަވެސް ގައުމުގެ އިގްތިސާދީ ހާލަތަކީ ރައްޔިތުންނަށް ސިއްރުކުރަންޖެހޭނެ މައުލޫމާތެއް ނޫން ކަމަށާއި އިވޭ އަޑާއި ވަމުންދާ ގޮތަށް ބަލާއިރު ގައުމު މި އޮތީ އިގްތިސާދީ ގޮތުން ނާޒުކު ހިސާބެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދަޑިވަޅުގައި އާރާއި ބާރުގެ ބޮޑާކަން ދޫކޮށް ހަމަބިމަށް ތިރިވެ އެންމެން ގުޅިގެން އިތުރަށް ނިކަމެތި ވެ ނުދާނެ ގޮތެއް ހޯދަން މަސައްކަތް ފަށަން ޖެހޭ." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ދާދި ފަހުން ސްރީލަންކާއަށް ދިމާވި ގޮތަކީ ވެރިންގެ ކިބުރުވެރި ކަމާއި ބޮޑާކަން އިސްކުރުމާއި ބަސްނޭހުމުގެ ނަތީޖާ ކަމަށެވެ.

ލަންކާއަށް ދިމާވި ގޮތަށް ރާއްޛޭގެ އިގުތިސާދީ ހާލަތު ވެއްޓުމުގެ ކުރިން ސަރުކާރުން ރައްޔިތުންނަށް ގައުމުގެ ހާލަތު ހަގީގަތަށް ކިޔައިދޭން ޖެހޭ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްވެސް މިދިޔަ ޖޫން މަހު ވަނީ ވިދާޅުވެފަ އެވެ.

އަދި މިހާރު ހާލަތު އޮތް ގޮތުން ހިތި ބޭހެއް ބޯން ޖެހޭނަމަ އެކަންވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން