ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް މިއަދު ގެނައި ބަދަލުތައް އުވާލަން ނިންމައިފިއެވެ.

ބީއެމްއެލުން "އެކްސްގައި" ކުރި ޕޯސްޓެއްގައި ބުނީ އެ ބަދަލު ގެންނަން ނިންމީ ބޭންކު ތަކުގެ ބެލެނިވެރިފަރާތް، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށެވެ.

"25 އޯގަސްޓު 2024 ގައި އިއުލާނު ކުރި ރާއްޖެއިން ބޭރުގެ މުއާމަލާތު ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ." ބީއެމްއެލްގެ ޕޯސްޓުގައިވެއެވެ.

ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް މިއަދު ނިންމި ކުއްލި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ބޭންކަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރިން އެއްވެސް ވަރެއްގެ އެންގުމަކާ ނުލައި މިފަދަ ބަދަލެއް ގެނައުމަށް ބީއެމްއެލުން ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން