ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައި ވަނިކޮށް ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޑޮލަރު ލިބުމުގައި ދަތިކަން ހުރި ކަމަށް ބުނެ ބީއެމްއެލުން މިއަދު ވަނީ ރުފިޔާ ކާޑުތަކަށް ދެމުންއައި ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމައިފައެވެ. ޕްރެޝަރު ބޮޑުވެ އެނިއްމުން މިހާރު ބޭންކުން ވަނީ ބަދަލުކޮށްފައެވެެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލުން މިއަދު އަމަލު ކުރީ ސީދާ ރައީސް މުޢިއްޒު އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި ވަނިކޮށް ކަމަށެވެ.

ސަޢީދު ވިދާޅުވީ ސަރުކާރަށް ވާރުތަވި ކަންކަން އެއީ ހުއްޖަތަކަށް ހެދުމަށްފަހު، ރާއްޖެއިން ބޭރުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބި، އޮންލައިންކޮށް ޓްރާންސެކްޝަން ހަދާ ފަރާތްތަކަށް ލިމިޓޭޝަނެއް އައުމަކީ ރައީސް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ސަޢީދު ވިދާޅުވީ ބީއެމްއެލުން ކާޑުގެ ލިމިޓަށް މިއަދު ބަދަލު ގެނައީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ބީއެމްއެލްގެ ސީއީއޯއާ ވާހަކަފުޅު ދެއްކެވި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބޭންކުގެ ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކުރިއަށްދާނީ ބީއެމްއެލް އާއި އެމްއެމްއޭއާއި ވާހަކަ ދައްކައިގެން ކަމަށާއި، ބީއެމްއެލުން ބޭނުންވާ ކަންކަން ބަލައި އެކަމުގައި އެހީތެރިވެވޭނެ ގޮތަކާއި މެދު މަޝްވަރާކުރާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަދުރޭ

26-Aug-2024

ރައީސްގެ އެނގުމާ ޙިލާފުވާކަމުގާވާނަމަ ބެންކުގެ ޖަލްސާއެއްބޭއްވުމައްފަހު (ދައުރުންބޭރުންް) މުޅިބޯޑުއުވާލުމައްފަހު އާބޯޑެއް އެކުލަވާލައްވާ އަދި މެނެޖުމަންޓުއައްވެސް ބަދަލުތަކެއްގެނެސް ހިންގުން ހަރުދަނާ ކޮއްދެއްވާ



ޓްރެންޑިން