މަރާލައިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެ ބައްޕަ އަބްދުﷲ މޫސާ ނިޔާވެއްޖެ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ނިޔާވީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ ނިޔާވިއިރު އުމުރުން 79 އަހަރެވެ.

އަބްދުﷲގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަބްދުﷲ ވަނީ އޭނާގެ ދަރިފުޅުގެ މަރާ ގުޅިގެން އިންސާފު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގެއްލުވާލައި އަދި މަރާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ނިމިގެން ދިޔަ ސަރުކާރުގައި އުފެއްދި މަރު ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރިޟުވާން މަރާލީ 2014 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ގައި ކާރުގައި ގަދަކަމުން ގެންގޮސް ޑިންގީއަކަށް އެރުވުމަށް ފަހު އޭގެ ފަހުން ކަންނެލި ދޯންޏަކަށް އެރުވުމަށްފަހު ކަރުބުރިކޮށްލައިގެން ނެވެ. އޭފެ ފަހުން ކަނޑު ފައްތާފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން