ގަވާއިދާ ހިލާފަށް ނުތާހިރުކޮށް ބިދޭސީން ހިންގި ހަ ކެފޭއެއް ބަންދުކުރަން ނޯޓިސް ދީފި އެވެ.

އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދުގައި ހިންގަމުން އައި އަށް ކެފޭއެއް ބަލައި ފާސްކުރި ކަމަށެވެ.

އެ އޮޕަރޭޝަންގައި އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން އެޗްޕީއޭއިން ވެސް ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެ އިދާރާތަކާ ގުޅިގެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގާ ހަ ތަނެއް ބަންދުކުރުމަށް ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިއަ ހަތަރު ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ނުތާހިރުކޮށް ކާބޯތަކެތި ތަންތަން ތައްޔާރުކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ރެއިޑް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން