އައްޑޫ ސިޓީ ހަންކެޑެ އިންޓެގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް "ސްކޭމް" އަކަށް ނަހަދަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.

މޭޔަރު ނިޒާރު އެކްސްގައި ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑެ އިންޓެގްރޭޓެޑް ޓްއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ އައްޑޫގެ ތަރައްގީއަށް މިގަރުނުގައި ގެނެވޭނެ އެއްމެ ބޮޑު އިގްތިސާދީ ހެޔޮބަދަލު ކަމަށެވެ.

ނިޒާރު ވަނީ ހަންކެޑެ ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ހިކުމަތުން އައްޑޫ ސިޓީގެ އިގްތިސާދު ބަދަލު ކޮއްލަން ފެއްޓެވި މުހިއްމު މަސައްކަތެއްކަން ވެސް ފާހަގަކުރައްވާފަ އެވެ.

ނިޒާރު އިތުރަށް ވިދާޅުވީ މިވަގުތު ހަންކެޑެ ތެރެއިން މަސައްކަތް ތަކެއް ކުރިއަށް ދާހެން ހީވިއަސް އޭގެން އުފަލެއް އިހްސާސް ނުކުރެވޭ ކަމަށެވެ.

"ސަބަބަކީ އަދިވެސް މި ޕްރޮޖެކްޓަށް ލިބެންޖެހޭ ފައިސާ ހޯދިފައި ނުވާކަން. މަސައްކަތުގެ ތަފްސީލީ ކުރެހުންތައް ނެތި ރަށުތެރެއިން ރުއްގަސް ކަޑަމުން ދާކަން. ޗައިނާގެ ބޮޑުކުންފުންޏަކުން ކުރަންޖެހޭ މަސައްކަތްތަކެއް، ބާ ވެފައިވާ ކުޑަ އިކިއުޕްމަންޓްތަކަކުން ގޮތްނޭގޭ ބަޔަކު ކުރަމުންދާކަން." ނިޒާރު ވިދާޅުވި އެވެ.

އެހެންކަމުން އުއްމީދަކީ ހަންކެޑެ ޕްރޮޖެކްޓް "ސްކޭމް" އަކަށް ނަހައްދަވައި މިމަސައްކަތް ކުރިންވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންގޮސްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން