ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާންކުރީ ޝަފުރާ ޢަބްދުﷲ އާދަމް، ގދ. ގައްދޫ / ދިލާވަރުގެ (25އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާ ތަހުގީގަށް ހާޒިރުކުރުމަށް މަސައްކަތް ކުރުމުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެހެންވެ އޭނާއާ ސުވާލުކުރުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް 2024 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ކުރި އިއުލާންގައި އަންގާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން