އޮފީހަކުން ވައްކަންކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކުރީ ފުވައްމުލަކު ދިގުވާނޑު، ފެއަރީ، އަހުމަދު ނަސްރު، 45، އާއި މއ. ކުރިކީލަހިޔާ، މުހައްމަދު ކްރިކް ރިޒާ، 43، ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ރިއޮލޯ އޮފީހުން ވައްކަންކޮށްގެން ނެވެ.

އެ ދެ މީހުން އެ އޮފީސް ފަޅާލައި ނެގި ތަކެތީގެ ތެރޭގައި ދެ ލެޕްޓޮޕާއި މޯބައިލް ފޯނުތަކެއް ހިމެނެ އެވެ.

ނަމަވެސް މިހާރު އެތަކެތި ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން