އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖަށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ޒިޔާރަތް ކުރައްވައިފިއެވެ.

އިންޑިޔާ ސަފީރުގެ މި ޒިޔާރަތުގައި ޕޮލިސް ކޮލެޖުގެ މެނޭޖްމަންޓާ އެކީ މަޝްވަރާތަކެއް ވަނީ ބާއްވާފަ އެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އެހެން ބައެއް އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން ބުނީ ޕޮލިސް ކޮލެޖްގެ މެނޭޖްމަންޓާ އެކީ ބޭއްވި ބައްދަލުވުމުގައި އެތަނަށް ބޭނުންވާ އިތުރު އެހީތަކާއި އިތުރަށް ބޭނުންވާ ވަސީލަތްތަކާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ޕޮލިސް ކޮލެޖަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ހިންގި މަޝްރޫއެކެވެ.

އިންޑިޔާގެ އެހީތެރިކަމާއެކު އިމާރާތް ކޮށްފައިވާ ޕޮލިސް ކޮލެޖް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އިރު، އެތަނުގައި ފުލުހުންނަށް އެކި ދާއިރާތަކުން ޓްރެނިން ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

އައްޑޫ ޕޮލިސް ކޮލެޖް، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) ގެ ނަމުގައި ހުޅުވީ މާޗް 27، 2022 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން