ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަަބަލުން ސިންގަޕޫރަށް ފުރާވަޑަައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އެއާޕޯޓަށް ވަޑައިގަތީ ޕީއެންސީގެ ޖަލްސާގައި ހުންނެވުމަށް ފަހު އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ކަމަށެވެ.

"މި ދެންނެވި (އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް) އިންޖަރީ ވެގެން މާލޭގައި ޑޮކްޓަރުންނަށް ދައްކާފައި ސެކަންޑް އޮޕީނިއަންއަކާ އަދި ކުރީގައި މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕް ވެސް އޮތުމާ އެކީގައި މިރޭ އެބަ ދަން ސިންގަޕޫރަށް،" ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަސް ފަހުން ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން