މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން އެ ތަން ހިންގަމުން ދިޔައީ ޖެންޑަރ މިނިސްޓްރީގެ ދަށުން ކަމަށްވާއިރު މި ސަރުކާރުގައި މިހާތަނަށް އެ މަރުކަޒު ހިންގަމުން ގޮސްފައި ވަނީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ދަށުންނެވެ.

ނަމަވެސް ރައީސް އޮފީހުން ބުނީ މިހާރު އެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން އެގޮތައް ރައީސް މުއިއްޒުއަށް ލަފާ ދެއްވެމުން ކަމަށެވެ.

އަދި ހެލްތު މިނިސްޓްރީގެ ދަށަށް ގުރައިދޫގެ މަރުކަޒު ބަދަލުކުރުމަށް ސޯޝަލް މިނިސްޓްރީން ކަރުދާހެއް ވެސް އޮތީ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ،

ގުރައިދޫގައި ހުންނަ މަރުކަޒަކީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒެއް ނަމަވެސް، އާއިލާއިން ޙަވާލުވާނެ މީހެއް ނެތް ދޮށީ އުމުރުގެ އެތައް ބަޔަކު އެ މަރުކަޒުގައި ތިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން