ކުރީ ސަރުކާރުގެ ވާހަކަ ދައްކަނީ މި ސަރުކާރަށް ކަމެއް ނުކުރެވޭތީ ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުވަހަކު ސަރުކާރަކުން ޤައުމެއް ހަލާކުނުކޮށްލާވަރަށް މިދިޔަ ސަރުކާރުން ޤައުމު "ހަލާކުކޮށްލި" ކަމަށެވެ.

އެގޮތުން ރާއްޖޭގައި ދުވަހަކު އިސްލާމް ދީނާއި މުޖުތަމައު އަދި އިގްތިސާދު ހަލާކުނުރާވަރަށް ކުރީ ސަރުކާރުން ހަލާކުކޮށްލާފައިވާ ކަމަށާއި އެވާހަކަތައް ތާއަބަދު ދެކެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގެ ވާކަތައް މި ސަރުކާރުން ދައްކަނީ މި ސަރުކާރަށް ކަމެއް ނުކުރެވޭތީ ނޫންކަމަށެވެ.

"އެވާހަކަ މުގައްރިރުގައިވެސް ލިޔާނެ، އެވާހަކަ ލެކްޗަރ ހޯލްތަކުގައިވެސް ދައްކާނެ. ފޮތްތައްވެސް ލިޔާނެ. އެކި ތަންތަނުގައި މައުރަޒުތައްވެސް ހަދާފައި ބަހައްޓާނެ. އެކި ތަންތަނުގައި ތާ އަބަދަށް ދައްކާނެ ވާހަކައެއް، އެހެންވީމަ އެވާހަކައިން ސަލާމަތެއް ނުވެވޭނެ،" އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ރޭ ވިދާޅުވީ އެމަނިކުފާނަށް މުހިންމީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން