އެންމެ ފަހުން ޕީޖީގެ މަގާމު ފުރުއްވި ޝަމީމް--
އެންމެ ފަހުން ޕީޖީގެ މަގާމު ފުރުއްވި ޝަމީމް--
ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމް ދިވެހި ރައްޔިތަކަށްވުމާއެކު އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެ އެވެ.

ހަމަ އެހެންމެ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވުމާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝަމީމް އެމަގާމުން ވަކިކުރުމާއި ގުޅިގެން ނެވެ. ޝަމީމު ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.

މަޖިލީހުގައި ބަހުސް ހިނގަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ޝަމީމް އިސްތިއުފާ ދެއްވިއެވެ. ޝަމީމު އިސްތިއުފާ ދެއްވީ ގިނަ މައްސަލަަތަކެއް ފާހަގަކޮށް ޝަމީމް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް އޭނާ މަގާމުން ވަކި ކުރުމުގެ ބަހުސް މަޖިލީހުގައި ހިނގަނުން ދަނިކޮށެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުން ވެސް ވަނީ ޝަމީމް މަގާމުން ވަކިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން