މި ސަރުކާރުގެ ކެބިނެޓްގައި ތިބީ މުޖުރިމުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް މުއިއްޒު އޭރު ވިދާޅުވި "ފެންވަރު"ގެ ކެބިނެޓާމެދު ސުވާލު އުފައްދަވައިފަ އެވެ.

"މުޅި ދިވެހިރާއްޖޭގެ ވެސް ހުރިހާ އެންމެން ވެސް ގަބޫލުކުރާ ފެންވަރުގެ ވަރުގަދަ ކެބިނެޓެއް ނަންގަވާ ވާހަކަ ވިދާޅުވީ އިނގޭތޯ. ދެން އޭގެ ދަށުފަށަލާގައި ތިބި ވަޒީރުންގެ ގޮތުގައި މިތިބީ ބޮޑެތި މުޖުރިމުން ނޫންތޯ؟ ދެން ކިހިނެއްތޯ ރައްްޔިތުންގެ ކުރިމަތީ މިކަހަލަ ކަންކަމުގައި ދެކޮޅު ޖައްސަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ކެބިނެޓްގެ ބޭފުޅުންގެ ތެރޭގައި މުޖުރިމުން ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު ރައީސް މުއިއްޒުގެ ކެބިނެޓްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުން ވަނީ ރައީސް ޔާމީންގެ ކެބިނެޓާއި އަދި އޭރުގެ ސަރުކާރުގައި ވެސް އިސް މަގާމުތައް ފުރުއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން