ރާއްޖެއިން ވަަގަށް އެތައް ހާސް ޑޮލަރެއް ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހުމިން އިސްލާމް ޝަގުރު 81 ހާސް ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އެއާޕޯޓުން އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ ޔޫއެސް ބަންގްލާ އެއަރލައިންސްއިން މާލެ އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރު ކުރަން އުޅުނު އެ މީހާގެ ލަގެޖުުގައި ފޮރުވައިގެން ގަވާއިދާއި ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅުނު 81،030 ޑޮލަރުު އޭވިއޭޝަން ސެކިއުރިޓީގެ ސްކްރީނިންގ ޓީމުން އަތުލައިގަތް ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި އޭނާގެ މައްޗަށް ތުހުމަތުކުރަނީ މަނީ ލޯންޑަރިންގެ ކުށެވެ.

އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އެކަށީގެންވާ ވަރަށް ހެކި ހުށަަހަޅާފައިވާ ކަަމަށް ބަންދު އަމުރުގައި ވެއެވެ.

އަދި އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މީހެއް ކަމަށް ބަލައި 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން