ގއ.ކޮލަމާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން އެރަށު ކައުންސިލުން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

ކޮލަމާފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ އެރަށު މީހުންނަށެވެ.

އެރަށުން ދޫކުރަން ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 28 ގޯއްޗެވެ.

އެރަށުން ދޫކުރާ ގޯއްޗަށް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 12:00 އަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން