ފަލަސްތީނުގެ ގުދުސްގައި ހުންނަ އަގްސާ މިސްކިތް ހުރި ބިމުގައި ޔަޙޫދީންގެ ފައްޅިއެއް ބިނާކުރަން އުޅޭތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
އަގްސާ މިސްކިތަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތެވެ. އެހެން ނަމަވެސް ޔަހޫދީން ދެކޭ ގޮތުގައި އެ މީހުންގެ މުގައްދަސް މިސްކިތް ކުރިން ހުރީ އެތަނުގަ އެވެ. އެހެންވެ އަގްސާ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި ޔަހޫދީންގެ ފައްޅިއެޅުމަކީ ހަރުކަށި ޔަހޫދީން ފެންބޮވައިގެންފައި ތިބި ކަމެކެވެ.
އަދި އިސްރާއިލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓްރ ބެން-ގްވީރު އިތުމާރު ވަނީ އަގްސާ ހުންނަ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް މިހަފްތާގައި ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނުގައި ވަނީ މިނިސްޓަރުގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އަގްސާ މިސްކިތަކީ 1.8 ބިލިއަން މުސްލިމުންނަށް ވަރަށް މުހިންމު މިސްކިތެއް ކަމަށާއި އަދި އެއީ އިސްލާމީ ސަގާފީ ތަރިކައެއް ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ. އެހެންވެ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން އަގްސާ މިސްކިތަށް ދީފައިވާ ހައިސިއްޔަތަށް އިސްރާއިލުން އިހުތިރާމްކޮށް ބޯލެނބުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
އިސްރާއިލުގެ މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަށް ވެސް ހުރަސްއެޅި އަދި ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
އަދި އަގްސާ މިސްކިތް މުސްލިމުންގެ ތަނެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުން އިސްރާއިލުންް ކުރާ މަސައްކަތް ހުއްޓުވުމަށް ބައިނަލްއަގުވާމީ ގައުމުތަކުން ތެދުވުމަށް ވެސް ސަރުކާރުން ގޮވާަލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު