މާލޭގައި ހުންނަ އީދު މިސްކިތުން އަނެއްކާވެސް ވައްކަންކޮށްފި އެވެ.

މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ބުނީ އީދު މިސްކިތުން ވައްކަން ކުރީ މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭ ހަޔަކަށާއި 10 ޖެހުމާއި އާއި ދެމެދު ވަގުތެއްގައި ކަމަށެވެ. އެގޮތުން މި ފަހަރު 13 ބޮކި އަދި އަށް ފަންކާގެ ނަރުތައް ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މިދިޔަ ޖޫން މަހުވެސް ވަނީ އެ މިސްކިތުން ވައްކަންކޮށްފަ އެވެ.

އެގޮތުން އެ މަހު އެކަނިވެސް އެ މިސްކިތުން 10 ފަންކާ ވަގަށް ގެންދިޔަ އެވެ. އެ މައްސަލައިގައި މީހަކުވެސް އޭރު ހައްޔަރުކުރި އެވެ.

އީދު މިސްކިތުގެ އިތުރުން އެހެން މިސްކިތްތަކުން ވެސް ވައްކަން ކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން