ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް މި ހަފްތާގައި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

އަދި މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެ ބޭންކަށް ލައިސަންސް ހޯދަން އޮތީ ހުށަހަޅައިފަ އެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ބޭންކުގެ ފެސިލިޓީ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމިދަކީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަން ހާސިލުކުރުމަށްޓަކައި މި ހަފްތާގެ ތެރޭގައި ޑިވޮލޮޕްމަންޓް ބޭންކްގެ ލައިސަންސް ލިބުން."މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރަން ވެސް ގެސްޓު ހައުސްތައް ތަރައްގީކުރަން ވެސް ރާއްޖޭގެ ޑިވޮލޮޕްމަންޓް ބޭންކުން ބޭރުގެ ބޭންކުތަކާ ގުޅިގެން ފައިނޭންސް ރެއިސް ކުރާނެ ކަމަށެވެ.

އެއާއެކު ރިސޯޓްތަކުގެ އޯނާޝިޕް އަންނާނީ ދިވެހިންގެ އަތް މައްޗަށް ކަމަށާއި އަދި އެކަމަށް ފައިސާ ހޯދުން ވެސް އަންނާނީ ދިވެހީންގެ އަތް މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން