ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުން ވަގަށް ނެގި ލެޕްޓޮޕްތައް ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުގެ މަޢުލޫމާތަށް ބިނާކޮށް، މި ވައްކަން ހިނގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އެނގެއެވެ.

ފުލުހުންގެ ތަޙުޤީޤަށް ސީސީޓީވީ ފުޓޭޖް ބަލައި، ވަގަށް ނެގި ދެ ލެޕްޓޮޕް މިހާރު ހޯދާފައިވާކަން އެ އޮފިޝަލު ހާމަކުރެއްވިއެވެ.

ލެޕްޓޮޕްތައް ވަގަށް ނެގި ގޮތުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެ ލެޕްޓޮޕްތައް ހޯދީ ވިއްކާލާފައި ވަނިކޮށް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން