ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އޮޅިގެން އުމުރުން ދުވަސްވީ މީހުންނަށް ގިނައިން ފައިސާ ޖަމާކޮށްދީފިއެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިނާޔަތުގެ ގޮތުގައި ދައުލަތުން ކޮންމެ މަހަކުވެސް 5،000ރ. ޖަމާކުރަމުން ދާއިރު ކުއްލިއަކަށް އެއްވެސް އެންގުމަކާއި ނުލައި މިއަދު މިފަދަ ބައެއް ފަރާތްތަކުގެ އެކައުންޓަށް 15،000ރ. ވަނީ ޖަމާކޮށްފައެވެ.

‘ރަސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލުން ވަނީ 65 އަހަރުވެފައިވާ މީހުންނަށް އިނާޔަތުގެ ގޮތުގައި ދޭ ފައިސާ ދެގުނަ އަދި ތިންގުނައަށް އިތުރަށް ޖަމާކޮށްފައެވެ. މިކަމާއި ގުޅިގެން ބީއެމްއެލުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު އޮގަސްޓް އެއްވަނަ ދުވަހުވެސް ބީއެމްއެލްގެ ބައެއް އެކައުންޓްތަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ފޮނުވުނުވު މައްސަލައެއް ފެންމަތިވިކަން ފާހަގަ ކުރެވެއެވެ.

މިމަހު ކުރީކޮޅު ބީއެމްއެލަށް އޮޅިގެން ރިސޯޓު މުވައްޒަފުންގެ އެކައުންޓުތަކަކަށް ޑޮލަރުން އެތަށް ހާސް ފައިސާއެއް ޖަމާކުރިއެވެ. އަދި ފައިސާ ޖަމާކުރިތާ މާގިނައިރެއް ނުވެ ބީއެމްއެލް އެޕް ޑައުންވިއެވެ.

މިމައްސަލަ އާ ގުޅިގެން ބީއެމްއެލުން އެއިރު ބުނީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި "ހިއުމަން އެރާ" އެއްގެ ސަބަބުން ބައެއް އެކައުންޓްތަކަށް އޮޅިގެން ފައިސާ ޖަމާ ކުރެވުނު ކަމަށެވެ. އަދި އެ އެކައުންޓްތައް ދެނެގަނެ، އެ ފަައިސާ އަނބުރާ ހޯދާފައިވާ ކަަަމަށްވެސް ބީއެމްއެލުން އޭރު ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން