ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ތަކެތި ހަދިޔާ ކުރީ އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ،



ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނިންސެންޏާއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އެތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.



މިއަދު ހަދިޔާކުރެވިގެންދިޔަ އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްޠިޞާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުމަތީގެ ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އިއްޔެ ހަދިޔާ ކުރި ތަކެއްޗަކީ ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްއިން ފަންޑުކޮށްދީފައިވާ އިކުއިޕްމަންޓްތަކެކެވެ. މީގެ ކުރިން ވެސް ޔޫއެންއޯޑީސީން ވަނީ އެފަދަ ތަކެތި އެމްއެންޑީއެފްއަށް ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން