އަމިއްލަަ ނުކުޅެދުންތެރިކަން ކުރީގެ ސަރުކާރުގެ ބޮލަށް ޖަހައިގެން މިސަރުކާރަށް ތިބެވޭނީ ކިހާދުވަހެއް ވަންދެންތޯ ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ސުވާލު ކުރަށްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެދާނެ ކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެެ. އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ، އެވާހަކަ އަކީ ރާއްޖޭގެ ރޭޓިންގ ދަށްވުމުގެ "ފެހި ސިގްނަލް" އެއް ލިބިގެން ދައްކަވާ ވާހަކައެއް ކަމަށް ހީފުޅުވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ކަމުން ރެކުމުގެ ބަދަލުގައި ޤާބިލު ބަޔަކާ އަވަހަށް ގައުމު ހަވާލުކުރަން ޖެހޭ ކަމަށެވެ. ފައްޔާޒު ވަނީ އަމިއްލަ ނުކުޅެދުންތެރިކަން ކުރީ ސަރުކާރުގެ ބޮލަށް ޖަހައިގެން އެ ލަވައިގައި ރައްޔިތުން ޖައްސައިގެން ތިބެވޭނީ ކިހާ ދުވަހެއް ވަންދެންތޯ ވެސް ސުވާލު އުފައްދަވާފައެވެ.



ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވަނީ ޤައުމީ ބޭންކަކީ ބަޣާވާތުން ވެރިކަން ވެއްޓުމުގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ސިފަކުރުމަކީ ވެސް "ދުނިޔޭގެ މާލީ މިންގަނޑުތަކާ އެއްވަރަށް ކަންކަން ގެނައުމަށް" ކުރާ މަސައްކަތުގެ ބައެއް ނުވަތަ ކަމެއްތޯވެސް ސުވާލު ކުރަށްވާފައެެވެ.

"އެކަމަކީ ވެސް ރޭޓިންގ ދަށްވުމަށް މެދުވެރިވާނެ އިތުރުސަބަބެއްކަމަށް ވުން ވަރަށް އެކަށީގެންވޭ." ފައްޔާޒު ވިދާޅުވިއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަ ދައްކަވަމުން އިކޮންމިކް މިިނިސްޓަރު ސަޢީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ދުނިޔޭގެ މާލީ މިންގަނޑުތަކާ އެއްވަރަށް ކަންކަން ގެނައުމަށް ކަމަަށެވެ. އަދި ކުރީގެ ސަރުކާރުން އަމަލުކުރިގޮތުން ކްރެޑިޓް ރޭޓިން ދަށްވާނެ ވާހަކަ ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ދެއްކެވި ކަމަށް ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކީމެއްނުންތޯ މިވާހަކަ މަޖިލިސް ތެރޭގައި، ރޭޓިން ދަށްވާނެއޭ އަމީރު އޭ ތިހެން ނަހަދާށޭ، ތިހެން ހެދީމަ ރޭޓިން ދަށްވަމުން ދަށްވަަމުން ގޮސް އަޅުގަނޑުމެން އަތުނުޖެހޭ ހިސާބަށޭ ދާނެޔޭ، ގައުމުގެ މިނިވަންކަމޭ ގެއްލޭނީ. އެވާހަކަ ކިޔައިގެން ނޫންތޯ އަޅުގަނޑުމެން ވެރިކަމަށް އައީ، މިއަދު އެހާލަތު ނޫންތޯ އަޅުގަނޑުމެންނާއި މިބައްދަލުކުރަނީ. އެހެންވީމަ މިކަން ރަނގަޅުކުރަން އުޅޭއިރު އަނެއްކާ އިތުރަށް ރައްޔިތުންނަށް ގެއްލުން ލިބޭ ކަންތައްތައް ނުކުރާށޭ." ސަޢީދު ވިދާޅުވިއެވެ.

ދާދިފަހުން ފިޗުން ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ދިން "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. ފިޗުން ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް  ދަށްކުރީ ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުންނެވެ. 

ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެއަށް ދިން ރޭޓިން މިވަގުތު ދަށްކުރިނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާގެ ސަބަބުން ރާއްޖޭގެ ރޭޓިން މަތިވެދާނެ ކަމުގެ އިޝާރާތެއް ފިޗުން ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން