ރަޝިޔާއާއި ގުޅޭ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާހަކަފުޅު ދައްކަވަންވާނީ ކަންކަން ރަނގަޅަށް އެނގިވަޑައިގެން ކަމަށް ބުނެ ރަޝިއާ އެމްބަސީން ރައީސް މައުމޫނަށް ހޫނު ރައްދެއް ދީފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެކްސްގައި މައުމޫން ވިދާޅުވީ ރަޝިއާއިން ދެ ރެއެއްގެ މަތިން ޔުކްރޭނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބީބީސީން ބުނާ ކަމަށެވެ. އެކަން އެގޮތަށް ހިނގިއިރު އދ. ގެ ސަލާމަތީ މަޖިލީހަކީ މިހާރު އޮތް ތަނެއްތޯ ވެސް މައުމޫން ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން ރަޝިޔާއިން ލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން އެސް ޖަގަރްޔަން ވިދާޅުވީ ރައީސް މައުމޫން ދެެއްކެވި އެވާހަކަފުޅުތަައް ބަލައިނުގަނެވޭނެ ކަމަށެވެ.

އަދި ގައުމެއްގެ ވެރިކަން ކުރެއްވި ބޭފުޅަކު ވާހަކަ ދައްކަވާއިރު ހަގީގަތް ހޯދަން ވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ޔުކްރޭނާއި ދެކޮޅަށް ހަމަލާތައް ދެމުންދާ ސަބަބުވެސް ސަފީރު ވަނީ ސާފުކޮށްދެއްވާފަ އެވެ.

އެގޮތުން ޔުކްރޭނުން ރައީސް ވޮލޮޑޮމީރު ޒެެލެންސްކީގެ ޒައާމަތުގައި ރަޝިއާގެ މީހުން ދިރިއުޅޭ ޔުކްރޭންގެ ޑޮންބާސް ސަރަހައްދުގައި އެތައް ޖަރީމާއެއް ހިންގައި އާންމުންނަށް ގެއްލުން ދީފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ 2022 ވަނަ އަހަރުގެ މާޗު މަހުވެސް ސުލްހައިގެ އެއްބަސްވުމަކާ ކައިރިއަށް ދެވެން އޮއްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އެ އެއްބަސްވުމަށް ހުރަސް އެޅީ ކަމަށާއި މިހާރު ހަތަރު ފަހަރެއްގެ މަތިން ރަޝިއާއިން އެއްބަސްވުން ހުށައަޅާފައިވާ ކަމަށެވެ.

އެހެންކަމުން ކަންކަން އެނގިވަޑައި ނުގެން ރައީސް މައުމޫން ވާހަކަފުޅު ނުދެއްކެވުމަށް ސަފީރު ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން