ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ބަހައްޓަން ވަގުތީ ގޮތުން ހަމަޖެއްސި ތަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވަކި ނަންބަރެއް ހަމަޖައްސައިފި އެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްގެން އުޅޭ އުޅަނދުތަކުގެ ރަޖިސްޓްރީ ގަވާއިދަށް ފައްތަން ހަ މަހުގެ މުހުލަތެއް މި މަހުގެ މެދުތެރޭގައި ވަނީ ދީފަ އެވެ.

އެގޮތުން އެ އުޅަނދުތަކުގެ ވެރިފަރާތުން 40 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދަކަށް އުޅަނދު ގެންގޮސް އެ ތަނުގައި ބާއްވައިގެން ހަ މަސް ދުވަސް ތެރޭގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެކަމަށްޓަކައި ހުޅުމާލެއިން ލޮޓް 452ގެ ބިމުން ބައެއް މިހާރު ވަނީ އެކަމަށް ހާއްސަކޮށްފައެވެ. އެތަނަކީ 42132.05 އަކަފޫޓުގެ ބޮޑުތަނެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ވަގުތީ ގޮތުން ވެހިކަލް ބެހެއްޓުމަށް ހަމަޖެއްސި ބިމުގައި ވެހިކަލް ބެހެއްޓުމަށް ބޭނުންވާ މީހުން މިކަމުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް މިހާރު ވަކި ނަންބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ.

އެ ނަންބަރަކީ 9444211 އެވެ.

އެ ބިމަށް ވީ އެންމެ އަވަހަކަށް ވެހިކަލް ގެންގޮސް ރަޖިސްޓްރީގެ ކަންކަން ނިންމުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްވެސް ކޮށްފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން