މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ފަރުވާ ހޯދަން ބޭނުންވާ މީހުންގެ ކިއުއެއް މިހާރު ނޯންނާނެ ކަމަށް ނެޝެނަލް ޑްރަގް އޭޖެންސީން ބުނެފި އެވެ.

ފަރުވާ ހޯދަން ބޭނުންވާ މީހުން އެ ފުރުސަތަށް އެދުނަސް އެންޑީއޭގައި އޮންނަ ކިއު ދިގުކަމުން ފަރުވާ ހޯދުމަށް ދަތިވުމުގެ ޝަކުވާ ކުރިން ވަރަށް ބޮޑަށް އޮވެއެވެ. އަދި އެންޑީއޭއިން ބޮޑަށް އިސްކަން ދެނީ ކޯޓުން ހުކުމް ކޮށްގެން ފަރުވާއަށް އެދޭ މީހުންނަށް ކަމަށާއި އަމިއްލައަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ލަސްވާ ކަމުގެ ޝަކުވާ އޮވެއެވެ.

އެހެން ނަމަވެސް ރޭ ޕީއެސްްއެމްގެ ޕްރޮގްރާމެއްގައި އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށާއި އަދި އެކަން ގަބޫލުކުރަން ވެސް ބައެއް ބޭފުޅުންނަށް ދަތިވެދާނެ ކަމަށެވެ.

ރާޝިދު ވިދާޅުވީ ޑްރަގް ކޯޓެއްގެ ހުކުމެއްގެ ދަށުން ނުވަތަ ވޮލަންޓިއާކޮށް ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓު ސެންޓަރަށް ފަރުވާއަށް ބޭނުންވެގެން ވަންނަން ބޭނުންވާ އެއްވެސް ކުއްޖަކު ކިޔޫގައި މިހާރު ނުހުންނާނެ ކަމަށެވެ.

"އަދިވެސް މާދަމާވެސް ވޮަލަންޓިއާކޮށް ބޭނުންވިޔަސް ހަމަ ފޯމުލާންވީ. އިރާދަ ކުރެއްވިއްޔާ ބަންދު ދުވަހެއް ނޫން ކަމަށް ވަންޏާ އެ ދުވަހުން ނޫނީ ޖެހިގެން އަންނަ ދުވަހު އެ ކުއްޖާ ގެންގޮސްދޭނެ. އެހެންވީމާ ކިއުއެއް ނެތް." އޭނާ ވިދާޅުވި އެވެ.

ރީހެބްގެ އާންމު ފަރުވާއަށް ކިއު ނެތް ނަމަވެސް މެތަޑޯން ފަރުވާއަށް އަދިވެސް ބޮޑު ކިއުއެއް އެބައޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ ޕްރޮގްރާމަށް ބަދަލުތަކެއް ގެންނާތީވެ އެ ޕްރޮގްރާމް މި ވަގުތު ހުއްޓާލައިފައިވާކަން ވެސް ރާޝީދު ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން