ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން
ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، އޭނާގެ ހުކުމުން ދުވަހެއް އުނިކުރެވޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިބީދައިން ވިދާޅުވީ މިއަދު ހެނދުނު ކ. މާފުށީގައި ހުންނަ ޖަލުގެ ގޯތިތެރޭގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ޖަލުގައި ރިހިބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް ގައިދީގެ ހުކުމުން އެއް ދުވަސް އުނިވާގޮތަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން އެކަމަށް މަގުފަހި ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އެކަން ކަރެކްޝަނަލް ސާވިސްއިން ވަރަށް އަވަހަށް ގައިދީންނަށް އަންގާނެ ކަމަށް އިހުސާނު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި ގިނަ ދުވަހު ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށާއި ރައީސް ޑރ. މުޢިއްޒު އިރުޝާދު ދެއްވާފައިވަނީ، ގައިދީންނަށް ޖަލުގައި ފަންނުވެރި މަސައްކަތެއް ދަސްކޮށްދީ އަދި އާމްދަނީ ލިބޭނެ މަގެއް ހޯދައިދިނުމަށްފަހު މުޖުތަމަޢަށް އަލުން ނެރުމަށް ބާރުއެޅުމަށް ކަމަށެވެ.

ހަމައެއާއެކު ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ތެރެއަށް ނުކުމެ، ގައުމު ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށް އިޙުސާން ވިދާޅުވިއެވެ.

“ރިހެބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ގައިދީއަކު އެއީ އެމީހާ އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާއިން ވިޔަސް، ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް، މަސައްކަތް އުނގެނުމަށް ނުވަތަ މަސައްކަތް ކުރުމަށް ހޭދަކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލުގެ ހުކުމުން އެއްދުވަސް އިތުރަށް ކެނޑިގެންދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން.” އިހްސާން މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު މަހެއްގެ މައްޗަށް ކޮންމެ ގައިދީއަކަށް 27،000 ރުފިޔާ ދަޢުލަތުން ހަރަދުކުރާ ކަމަށާއި އެކަމަށް ލުޔެއް ހޯދުމަށްޓަކައި މާލޭ ސަރަޙައްދުގައި އާ ޖަލެއް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ތަރައްޤީ ކުރާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އަދި އުއްމީދަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަވެ، ޖަލުގެ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކޮށް، ވީހާވެސް އަވަހަކަށް ޖަލުން ނިކުމެވޭނެގޮތް ގައިދީންނަށް ހަދައިދިނުން ކަމަށް އިޙްސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން