ރޭވެސް އީދު މިސްކިތުން ވައްކަން ކޮށްފި އެވެ.

މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ބުނީ ރޭގެ ވަގުތެއްގައި އީދު މިސްކިތުން އަށް ބޮކި ވަގަށް ނަގާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ރޭ ނޫން ކުރީ ރޭވެސް ހަމަ އެ މިސްކިތުން ވަނީ ވައްކަން ކޮށްފަ އެވެ. އެ ރޭ 13 ބޮކި އަދި އަށް ފަންކާގެ ނަރުތައް ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން އިއްޔެ ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ އިރު މީހަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.

އެ މިސްކިތުން ވައްކަން ކުރާއިރު ކެމެރާ ވެސް ހުރެއެވެ. އަދި މީގެ ކުރިން ސިޓީ ކައުންސިލްއިން ވައްކަމުގެ ވީޑިއޯ ފުޓޭޖުވެސް އާންމުކޮށްފައި ވެއެވެ.

މިދިޔަ ޖޫން މަހުވެސް ވަނީ އެ މިސްކިތުން ވައްކަންކޮށްފަ އެވެ. އެގޮތުން އެ މަހު އެކަނިވެސް އެ މިސްކިތުން 10 ފަންކާ ވަގަށް ގެންދިޔަ އެވެ. އެ މައްސަލައިގައި މީހަކުވެސް އޭރު ހައްޔަރުކުރިއެވެ.

އީދު މިސްކިތުގެ އިތުރުން އެހެން މިސްކިތްތަކުން ވެސް ވައްކަން ކުރުން ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން