ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މާލޭ ސިޓީ ކައުންސިލުން ވެސް ނުުކުމެއްޖެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އަދި ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ގަވާއިދުން އޮޕަރޭޝަން ރެއިޑުތައް ކުރިއަށް ގެންދާއިރު އާންމުކޮށް އެ ފަދަ އޮޕަޜޭޝަންތަކުގައި ބައިވެރިވަނީ ފުލުހުން ނެވެ.

ނަމަވެސް މިފަހުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ދަނީ އެ އޮޕަރޭޝަންތަކުގައި ބައިވެރިވަމުންނެވެ.

އޭގެ ފަހުން މާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ވަނީ ގަވައިދާ ހިލާފަށް ވިޔަފާރިތައް ހިންގާ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ފަށާފައިވާކަން ހާމަކޮށްފަ އެވެ.

އެގޮތުން މާލެ ސިޓީގެ ހުރަވީ ގޯޅިތެރޭގައި ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާތީ ޗެކުކުުރި ކަމަށާއި އެ ތަނުގައި ސިގިރޭޓް އަދި އެނާރޖީ ޑްރިންކް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެ މައްސަލަ އިމިގްރޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން މެދުޒިޔާރަތްމަގު, މަޖިލިސް ކައިރި ގޯޅިގަނޑުގެ އެތެރެބައިގައި ހުރި ގެއެއްގައި ބަދިގެ ހަދައިގެން ހުއްދަ ނެތި ނެޗުރަލް ކެފޭއަށް ކާބޯތަކެތި ތައްޔާރުކޮށް ގަވާއިދަށް ނުފެތޭ ގޮތައް ކާއެއްޗެހި ތައްޔާރުކުރަމުންދާ ތަނެއް ހޯދައި އިމިގްރޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން