މާލޭގެ ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ބަހައްޓާފައި ހުރި މައްސަލައެއް ފެންމަތިވެގެން އެކަން ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ, މާފަންނުގެ ގެއެއްގައި އަންހެނަކު ބަންދުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އެތަނުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންކަމަށެވެ.

މި ހާދިސާއާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަންހެނަކު ރަހީނުކޮށް އެމީހާ ގަޔަށް ވަޅިން ހަމަލާ ދީފައިވާކަމަށް މީސްމީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން