ހަތް މީހުންނާއެކު ލ. ގަމުން މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރޭ ފަތިހު ލ. ގަމުން މާލެއަށް ފުރި އެރަށު ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ "އަކިރިސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. ރޭ ފަތިހު ގަމުން ފުރައިގެން ދަތުރުކުރި އެ ބޯޓުގައި ދެ ދިވެހިންނާއި ފަސް ބިދޭސީން ދަތުރުކުރި ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓުގެ ޚަބަރު އެންމެ ފަހުން ޖީޕީއެސް އަށް ވެފައިވަނީ އިއްޔެ ހެނދުނު 9:18 ގައެވެ. އޭރު އެ ބޯޓުން ދަތުރުކުރަމުން ދިޔައީ އެއަތޮޅު އިސްދުއާ ދިމާ ބޭރުން މ އަތޮޅާ ދިމާލަށެވެ. އޭގެ ފަހުން ޖީޕީއެސް އިން ބޯޓު ނުދައްކާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭގެފަހުން ބޯޓުގެ ފަޅުވެރިއަކަށް ވެސް ނުގުޅޭ ކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ގެއްލުނުއިރު ދެ ދިވެހިންނާއި ފަސް ބިދޭސީން ފަޅުވެރިންގެ ގޮތުގައި ބޯޓުގައި ތިބިކަނަށް މައުލޫމާތު ލިބިފައިވެއެވެ.

ބޯޓުގެ ޚަބަރެއް ނުވެގެން މިރޭ އިރާކޮޅު އެމްއެމްޑީއެފްގެ ކޯސްޓް ގާޑަށް މައްސަލަ ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން