ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި ގުޅުންހުރި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސައޫދީ އަރަބިއްޔާއާއެކު މި ފަހުމުނާމާގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އެގައުމުގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ. ސައުދީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިސް އެކްސެލެންސީ ސާލޭ ބިން ނާސަރު އަލް ޖަސަރެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސައުދީގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ރާއްޖެއާއި ސައޫދީއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓަރ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ އެއްބަސްބުމެއް ކަން ފާހަގަކޮށްެލެވެއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަަމަށެވެ.

މި ރަސްމިއްޔާތުގައި ސައުދީގެނެރަލް ގެ އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ހިސް އެކްސެލެންސީ އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، ސައުދީގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން