ސިނަމާލެ ބުރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނުގައި ހެދި އެ ބުރިޖު ރަސްމީކޮށް ހުޅުވީ 20 އޮގަސްޓް 2018 ވަނަ އަހަރު އެވެ. އަދި އެއާއެކު އެ ބުރިޖު ހުޅުވިތާ މިއަދަށް ވަނީ ހަ އަހަރު ފުރިފަ އެވެ.

އެ ބުރިޖު ހުޅުވިއިރު އޭރު ހައުސިން މިނިސްޓަރުގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި އިރު އެ ބުރިޖު ހެދުމުގެ އެންމެހާ ކަންކަން ބެލެހެއްޓެވީ ވެސް ރައީސް މުއިއްޒު އެވެ.

ބުރިޖުގެ ހަ ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ހުޅުލެ ގުޅުވައިދޭ އެ ބުރިޖަކީ ހަމައެކަނި ފާހަގަކޮށްލެވޭ އިންޖިނިއަރިންގެ މަސައްކަތެއް އެކަނި ނޫން ކަމަށާއި މިއީ ރާއްޖެއާއި ޗައިނާއިން އެއް ގައުމުން އަނެއް ގައުމަށް އޮންނަ އިތުބާރުގެ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ.

ހަމަ އެހެންމެ އެ ބުރިޖަކީ ދެ ގައުމުން ވެސް ދެކެން ބޭނުންވާ ފާގަތިކަމާއި އެކުވެރިކަމާއި ތަަރައްގީގެ ހެއްކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން