އޯލެވެލް އަދި އޭ ލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުން އަންނަ ކަަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.

އެމްކިއުއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޯލެވެލް އަދި އޭ ލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މަތީ ތައުލީމުދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދުތަކަކީވެސް ސައްހަ ސަނަދުތަކެއްކަން ކަށަވަރު ކުރުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"މި އޮތޯރިޓީން މި ދަނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި މިކަން އިތުރަށް ތަހުގީގު ކުރުމަށްޓަކައި މި މައްސަލަ ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރެވެމުން އަންނަކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ،". އެމްކިއުއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން