ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަންވީ އިސްލާމީ ރިވެތި އިންތަކުން ބޭރުނުވާގޮތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލައި ސައުދީގެ ސަފީރަކަށް އުނދަގޫކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގިކަމަށް ބުނެ ނިމިގެން ދިޔަ ހަފްތާގައި ދެ އަންހެނަކު ވަނީ ހައްޔަނުކޮށްފަ އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީއާއި އާންމުންގެ ބައެއް މީހުންގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިރު ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސެއިން އެކްސްގައި ވިދާޅުވީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އެހެން ނަމަވެސް އެހައްގު އަދާކުރުމުގައި ކުރިއަށްދާންވީ އެހެންމީހުންގެ ހައްގުތަކަށްވެސް އިހުތިރާމުކުރުމާއެކުގައި އިސްލާމީރިވެތި އިންތަކުން ބޭރުނުވަގޮަތަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސްގެ މި ވާހަކަތަކަށް ތާއިދުކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އިލްޔާސް ދެއްކެވި ވާހަކަތަކަކީ ވަރަށް އަސަރުގަދަ ހެޔޮ ވާހަތަަކެއް ކަމަށެވެ.

"ފަލަސްތީނުގެ ހައްގުގައި އެންމެން ގުޅިގެން ރަނގަޅު މަސައްކަތްތައް ކުރަން ޖެހޭ ވަގުތު މިއީ. އެންމެ މުހިންމު އެއް ކަމަކީ ފަލަސްތީނުގެ ގައިދީންނާމެދު މުސްލިމުން ހޭލުންތެރިކަން އިތުރުކުރުން. އިސްރާއިލުގެ އަނިޔާވެރި ޖަރީމާތައް އިސްލާމީ އުސޫލުން އިންކާރު ކުރުން." މިނިސްޓަރު ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން