މާލޭ ސިޓީގައި ހުތުބާ ކިޔާ މީހުންގެ ލިސްޓު މުރާޖާ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު މިއަދު އެކްސްގައި ވިދާޅުވި ވާހަކަތަކަކާ ގުޅިގެން ނެވެ.

ޝައިހު ޒައިދު ވިދާޅުވީ ހުތުބާ ކިތަންމެ މޮޅަސް އެ ހުތުބާ ކިޔަން ބައެއް ޙަތީބުން ދަނީ ރަނގަޅަށް ފަރިތަނުކޮށް ކަމަށެވެ.

އެގޮތުން ތިން ހަތަރު ފަހަރު ކުށްތަކާއެކު ހުތުބާތައް ކިޔައި ހެދުމަކީ އަޑު އަހަން ތިބޭ ބައެއްގެ ޝައުގުވެރިކަން ގެއްލި ހުތުބާގެ އަސަރު ކެނޑި ދޭން ބޭނުންވާ މެސެޖު ފެއިލް ވާ ކަމެއް ކަމަށް ޝައިހު ޒައިދު ވިދާޅުވި އެވެ.

އެ ޕޯސްޓާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މާލޭ ސިޓީގައި ހުތުބާ ކިޔާ މީހުންގެ ލިސްޓު މުރާޖާ ކުރައްވާނެ ކަމަށެވެ.

"އިލްމީ ގާބިލު ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދިނުމަށް އިސްކަން ދޭނަން، އިންޝާ ﷲ" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ކިޔަނީ އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ ޚުތުބާތަކެވެ. ނަމަވެސް މަދު މަދުން ރާއްޖެއިން ބޭރުން ދީނީ އިލްމުވެރިން ވަޑައިގެންވެސް އަމިއްލަ ޚުތުބާތައް ދެއްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން