ކ. ހުވަފެންފުށީގައި ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ދަތުރު ގޮސްއުޅުނު އުމުރުން 43 އަހަރުގެ ފިރިހެނަކު ގެއްލިގެން، އެ މީހާ ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފުން ބުނީ އިއްޔެ ދަތުރު ދިޔަފަހުން އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުން ދިނުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ މީހާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ވަނީ ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިކަމަށެވެ.

އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރާނީ ފުލުހުންގެ ހިދުމަތުން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ގެއްލިގެން ހޯދަމުންދަނީ މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދު ކިޔާ ދިވެހި ފިރިހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން