ސިނަމާލެ ބުރިޖުގައި ޖުމްލަ އޮތީ 6 ލޭން ކަމަށާއި ލޭނުތައް ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އޮތީ ސަރުކާރަށް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިހެން ވިދާޅުވީ ބުރިޖުގެ ލޭނެއް މަދުކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތެރުމުންދާ ވާހަކަތަކާއި ގުޅިގެންނެެވެ.

"އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ ބުރިޖުގެ ލޭނުތަކުގެ އަދަދަށް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ބްރިޖުގައި އޮތީ ޖުމްލަ 6 ލޭން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ލޭނުތައް ބޭނުން ކުރާނެ ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އޮތީ ސަރުކާރަށް ކަމަށެވެ.



ދާދިފަހުން "ސަންގުޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ މިނިސްޓްރީއާ ހަވާލުކުރި ފަހުން ލޭނުގެ އަދަދަށް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ. އެގޮތުން އެއްވެސް އިރެއްގައި ލޭންގެ އަދަދު ބަދަލުވެފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި ހަވާލުވިއިރުވެސް އޮތީ ކޮޅަކަށް ދެ ލޭން ކަމަށާއި، ހިނގާފައި އުޅޭ މީހުންނަށާއި ބައިސިކަލް ދުއްވާ މީހުންނަށް ކޮޅަކަށް ލޭނެއް އޮތްއިރު، އެ ލޭނު މިހާރުވެސް އޮތްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެއްވެސް އިރެއްގައި ލޭނުގެ އަދަދު މަދުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާއި ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭނު. ދެން ސައިޑުގައި ބައިސިކަލް ދުއްވާ ލޭނެއް ގޮތަށް ކަނޑައެޅި ބައި އޮތީ ހިމަނާފައި،"ރައީސް މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން