ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހަވާލުކުރެވޭ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރައްވާ ބޭފުޅެއް ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީޕް ކުރައްވައި ނަރީޝް އެކްސްގައި ރޭ ވިދާޅުވީ ރައީސް މުއިއްޒަކީ ވަގުތަށް ފަރުވާތެރި މަސައްކަތްތައް ބައްސަވާލައްވައިގެން ބަރާބަރަށް ދުވަހުން ދުވަހަށް އަދާހަމަކުރައްވަމުން ގެންދެވި އަދި މިހާރުވެސް ގެންދަވާ ބޭފުޅެއް ކަމަށެވެ.

ހަމަ އެހެންމެ އެމަނިކުފާނަކީ މަސައްކަތުގައި ނަމޫނާ މަޑުމައިތިރި އަދި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ބާރާބަރަށް އިރުޝާދު ދެއްވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު އަބަދުވެސް މަސްލަހަތު އިސްކުރެއްވި ކަމަށާއި އަދި އެމަނިކުފާނަކީ ހަމަޖެހުމަށް ލޯބި ކުރައްވާ ހިތްސާފު ބޭފުޅެއް ކަމަށް ނަރީޝް ސިފަ ކުރެއްވި އެވެ.

"ރައީސް މުއިއްޒު އަކީ ހަވާލުކުރެވޭ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވި އަދީ އަދާކުރައްވަން ގަދައަޅާ މަސައްކަތް ކުރައްވާ ބޭފުޅެއް!" ނަރީޝް ވިދާޅުވި އެެވެ.

ނަރީޝް ރައީސް މުއިއްޒަށް ތައުރީފްކުރެއްވި އިރު ކުރީގެ ރައީސް ޔާމީން އަބްލްގައްޔޫމް ވެރިކަމުގައި ބުރިޖުން ލޭނެއް މަދުވިކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އެ ބުރިޖު ހެދިއިރު ބުރިޖުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވީ އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މިހާރު ރައީސް ޑރ. މުއިއްޒު އެވެ.

ލޭނެއް މަދުވި މައްސަލައިގައި އޭރުގެ ރައީސް ޔާމީން ވަރަށް ބޮޑަށް ކޯފާވިކަމަށް ރައީސް މުއިއްޒުވެސް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ބުރިޖުގައި ހެދި ލޭނުތަކަކީ ކުރިން ވެސް ނިންމާފައިވާ އަދަދަަށް ހެދި ލޭންތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން