ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގު ދެއްކުން ގައުމަށް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކާފަ މާމަ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ އެކަމަށްޓަކައި ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއިމަގު ދެއްކުން ދިވެހި ގައުމަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ފެންވަރުގައި ކާފަ މާމަ ދުވަސް ފާހަގަކުރަން ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމައުއެއް ހެދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން