ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހިދުމަތުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޕްލެޓް ފޯމް، ޕޭޕަލް ރާއްޖެއަށް ގެންނަން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕޭޕަލްގެ ހިދުމަތުގެ ތެރެއިން މިހާރު ރާއްޖެއަށް ލިބެނީ ފައިސާ ފޮނުވުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް ފައިސާ ލިބިގަތުުމުގެ ހިދުމަތެއް ނުލިބެ އެވެ.

އެހެންވެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފައިސާ ލިބިގަތުމުގެ ހިދުމަތްވެސް ރާއްޖެއަށް ލިބޭ ގޮތް ހެދުމަށެވެ. އޭރުން ފްރީލާންސަރުންނާއި ޓިކްޓޮކް ޔޫޓިއުބް އަދި ފޭސްބުކް ފަދަ ކޮންޓެންޓް ކްރިއޭޓަރުންނަށް ވެސް ފައިސާ ލިބުމުގެ ހިދުމަތް މަގުފަހިވެގެންދާނެ އެވެެ.

މިދިޔަ މަހުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓަރު ސައީދާއި ސަރުކާރުގެ ކަމާ ބެހޭ އިސް ބޭފުޅުން ވަނީ ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް ޕޭޕަލްގެ އިސްވެރިންނާ މަޝްވަރާވެސް ކުރައްވާފައެވެ.

ޕީއެސްއެމްގައި ރޭ މިނިސްޓަރު ސައީދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ފުރިހަމަށް ހޯދުމަށް މީގެ ތިން ދުވަސް ކުރިން ޕްރޮޕޯސަލް އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންވެ އެކަމާ ގުޅޭ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް ވަރަށް އަވަހަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ހިދުމަތް ލިބޭނެ ސީދާ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން