މާލޭ ސިޓީ ކައުންސިލަށް ކޮންމެހެންވެސް ބޮޑު އާ އިމާރާތެއް ބޭނުންވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާޒިމް "ރަސް"އަށް ވިދާޅުވީ މިހާރު މާލޭ ސިޓީ ކައުންސިިލް ހިންގަނީ އަށް އިމާރާތެއްގައި ކަމަށެވެ. އެހެންވެ ހިދުމަތް ދިނުމާއި އެކި ކަންކަމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

ހަމަ އެހެންމެ ސިޓީ ކައުންސިލްގެ އެކި ޑިޕާޓްމަންޓްތައް ވެސް ހުންނަނީ އެކި އިމާރާތްތަކުގައި ކަމަށްވާތީ ކައުންސިލް "ކޯޑިނޭޝަން"ގައި ވެސް ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އަމާޒަކީ ހުރިހާ އޮފީސްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުން ކަމަށް އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ބޮޑު އެއް އިމާރާތް އަޅަން ކަމަށާއި ވިސްނުން ހުރީ އަށެއް ނޫނީ 10 ބުރިއަށް އެ އިމާރާތް އަޅަން ކަމަށެވެ.

އެހެންވެ މިދިޔަ ހަފްތާގައި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ބައްދަލުކުރައްވައި އެ އިމާރާތް އެޅުމަށް ބަޖެޓު ހަމަޖައްސައިދޭން އެދިވަޑައިގެންނެވި ކަމަށް އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން