މިދިޔަ ބުރާސްފަތިދުވަހުގެރޭ ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމުގައި ފުލުހަކަށް އަނިޔާ ލިބުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ އަންހެން މީހާ ރަހީނުކުރި ހާދިސާގައި އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކު ޒަހަމްވެފައިވާކަމަށެވެ. 

ސީޕީ ވިދާޅުވީ އެ ފުލުސް މީހާ ޒަހަމްވީ އަންހެން މީހާ ރަހީނުކުރި ފިރިހެން މީހާ ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ފިރިހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައިކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ ހާދިސާގައި ފުލުސް މީހާގެ އިނގިލިތައް ޒަހަމްވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމުން އެމީހާ ފަހަތުން ގޮސް މުގުރަކުން ޖަހާ އަންހެން މީހާއަށް އަނިޔާއެއް ވިޔަ ނުދީ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ. އެހެންނަމަވެސް މި ހާދިސާގައި ފުލުހަކަށް އަނިޔާވި ވާހަކަ މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން