މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނަ މޯލްޑިވްސްގެ ދެ އޮފީސް ފަޅާލައި ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.
އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ވިދާޅުވީ އެ ކުންފުނީގެ ދެ އޮފީސް ފަޅާލި ނަމަވެސް ވަގުންނަށް މާ އަގުހުރި އެއްޗެއް އެ ދެ އޮފީހުން ނުގެންދެވޭ ކަމަށެވެ.
އެހެން ނަމަވެސް އެ އޮފީހުގެ ތަޅުތަކަށާއި އަދި ތަކެއްޗަށް ބޮޑެތި ގެއްލުންދިން ކަަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ
އެއީ ރ. މީދޫ/ ބުލްބުލާގެ އަޒްމީލް މުހައްމަދު (40އ)، ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފިރާގު "ރަސް" އަށް ވިދާޅުވީ ވަގަށް ގެންދިޔައީ އެ އޮފީހުގައި ކުދި ކުދި ކަންކަމަށް ބަހައްޓާފައި ހުރި މަދު ފައިސާކޮޅެއް ކަމަށެވެ. ކުންފުންޏަށް ލިބޭ ފައިސާ އޮފީހުގައި ނުބަހައްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު