ށ. މާއުނގޫދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދައެއް ބަޔަކު ކަނޑާލައި އެއްލާލުމާއި ގުޅިގެން އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު އެކަން ކުށްވެރިކުރަށްވައިފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީފައިވާ ކަމަށެވެ.

އެގޮތުން އެ ދިދަ މޫދަށް އެއްލާލާފައިވާ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސުލްޙަވެރި ސިޔާސީ ހަރަކާތަށް ފަރިތަވާން އެބަޖެހޭ. އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭނެ." ޝާހިދު އެކްސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ އެމްޑީޕީގެ ދިދަ ކަނޑާލުން އެއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަންކުރި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ޝާހިދު ސަރުކާރަށް ގޮވާލެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން