ޓެރަރިސްޓް އިސްރާއިލުގެ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ބުނެ ސަޢޫދީ ސަފީރުގެ އިމްތިޔާޒަށް އަރައިގަތް ޝާދިޔާއާއި ޝަޒުރާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެ ދެ އަންހެނުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އޭގެ ފަހުން ތިން ދުވަހަށް ބަންދުގެ މުއްދަތު ޖެހި އެވެ.

އެއާއެކު މިއަދު އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އެ ދެ މީހުން ކޯޓަށް ހަމާޒިރު ކުރުމުން ދެމީހުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެމީހުން ސައޫދީ ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތް ތެތެއަށް ކުނިއަޅާ ހެދިކަމަށް ވެސް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން