ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލަން ކަމަށް ބުނެ ރާއްޖޭގައި ހުންނަވާ ސަފީރެއްގެ އިމްތިޔާޒަށް އަރައިގަތުމުން ހައްޔަރުކުރި ދެ އަންހެނުންނާ މިހާތަނަށް ސުވާލެއްވެސް ކޮށްނުލާ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ ޑރ. ޝަޒްރާއާއި ޝާދިޔާ އެވެ. އޭގެ ތެރެއިން އެކަކީ އިޔާޒްގެ އަނބިކަނބަލުން ނެވެ.

އެ ދެ އަންހެނުންގެ ބަންދަށް އިއްޔެ ފަސް ދުވަސް ވަނީ ޖަހައިދީފަ އެވެ.

އިޔާޒް މިއަދު އެކްސްގައި ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި ތިބެގެން ހައްޔަރުކުރި ދެ އަންހެނުން ބަންދުގައި ތިބޭތާ ހަތަރު ދުވަސްވީ ކަމަށާއި އެ މީހުން ތަހުގީގަށް ބަންދު ކުރި ނަމަވެސް މިހާތަނަށް އެންމެ ސުވާލެއްވެސްކޮށްނުލާ ކަމަށެވެ.

އެ ދެ އަންހެނުން ތިބީ ރަހީނުކޮށްފައި ކަމަށް ވެސް އިޔާޒް ސިފަ ކުރައްވައި އެ ދެ އަންހެނުން ދޫކޮށްލަން ބައިނަލްއަގުވާމީ ފަރާތްތަކުން ޕްރެޝަރު ކުރުމަށް ވެސް އިޔާޒް ގޮވާލެއްވި އެވެ.

"އޭގެން އެކަކީ ފަސް ކުދިންގެ މަންމަ، އަނެކަކީ ހަތަރު ކުދިންގެ މަންމައެއް އަދި ޓީޗަރެއް." އިޔާޒް ވިދާޅުވި އެވެ.

އެ ދެ އަންހެނުން ހައްޔަރުކުރި މައްސަލައިގައި ފުލުހުން ބުނީ އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެމީހުން ސައޫދީ ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތް ތެތެއަށް ކުނިއަޅާ ހެދިކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން