މާލޭ ސްކޫލުތަކުގެ މަތީ ގްރޭޑްތަކުން 4000 އަށްވުރެ ގިނަ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކޮށްފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "ރަަސް"އަށް ވިދާޅުވީ އެ ސްކްރީނިން ޕްރޮގްރާމަކީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި އޮގަސްޓް މަހާ ހަމައަށް މާލޭގެ 23 ސްކޫލަކުން ގްރޭޑް 10 ،11 އަދި 12އިގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި ސްކޫލުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިިބުނު ކަމަށެވެ.

އަދި ގިނަ ސްކޫލުތަކަށް މިހާރު ނަތީޖާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޑރ. އަހުމަދު އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސްކްރީނިންގެ އަލީގައި މިހާރު ޑޭޓާތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތެލެސީމިއާ ވާރުތަކުރާ މީހުންނާއި އެ ބަލި ހުންނަ މީހުން ނިސްބަތުން ރާއްޖޭގައި ގިނަ އެވެ.

މިހާރުވެސް ރާއްޖޭގައި 600 އަށް ވުރެ ގިނަ ތެލެސީމިއާ ބަލީގެ މީހުން ލޭ އަޅައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން